ރާއްޖޭގެ އުތުރުގެ ކަނޑޫފާތައް މަރުވެ ހަލާކުވެފައިވާ މައްސަލަ ދިރާސާކުރުމަށް އިންޑިއާގެ ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްއޭޓީ)ގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
ހަތަރު މެމްބަރުންގެ މައްޗަށް އެކުލެވޭ މިޓީމުން މިމަހުގެ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އުތުރުގައި މެންގްރޫވް ޑައި-އޮފް ފީލްޑް އިންވެސްޓިގޭޝަންއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަޙުޤީޤުގެ މަޤްޞަދަކީ، ކަނޑޫފާތައް ހަލާކުވެ، ހަލާކުވެފައިވާ އަދި ނިކަމެތިވެފައިވާ ކަނޑޫތައް، ދުޅަހެޔޮ އަދި އުފެއްދުންތެރި ޗަކަބިންތަކަށް އަލުން އަނބުރާ އިޢާދަކުރުމެވެ.
ބޮޑެތި ކަނޑޫފާތަށް މަރުވާ ސަބަބު ދެނެގަތުމަށް މެންގްރޫވް ޑައި-އޮފް އެނަލިސިސް ހެދުމަށް ސީޔޫއެސްއޭޓީ އާއި އީޕީއޭއާ ދެމެދު އެއްބަސްވުމެއް ސޮއިކުރެވުނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ހަމަ އެ މަހު ސީޔޫއެސްއޭޓީއަށް ސާމްޕަލް ފޮނުވާފައިވެއެވެ.
2021 ވަނަ އަހަރުގެ ޖޫން މަހު، ފުރަތަމަ ތަހުލީލުތަކުގެ ޕްރިލިމިނަރީ ރިޕޯޓްތައް އީޕީއޭއަށް ލިބިފައިވެއެވެ. ފުރަތަމަ ރިޕޯޓުތަކުން ހާމަވި ގޮތުގައި މެންގްރޫވްސް ބަލިކަށިކޮށްލާ ފަންގަސް އެއް ފެންނަން އޮންނަ ކަމަށާއި އިތުރު ބޭސްލައިން އިންވެސްޓިގޭޝަންތައް އެއްކުރުމަށް ފީލްޑް ވިޒިޓްއަކަށް ލަފާދިނީ ސީޔޫއެސްއޭޓީއިން ކަމަށް މައުލޫމާތު ދީފައިވެއެވެ.