Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ދަރަނބޫދޫ ބަނދަރު މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ

ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ދަރަނބޫދޫ ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ބަނދަރުގެ ބްރިޖް އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، ބޭރުތޮށި ލުމުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ދަރަނބޫދޫ ބަނދަރު މަޝްރޫއުއަކޫ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.