ކޮވިޑް-19 އާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 12 ރަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ، ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، މ. މުލައް، ނ. މިލަދޫ، ނ. ވެލިދޫ، ށ. ކޮމަންޑޫ، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ އަދި އދ. މާމިނގިލި އެވެ.
މިރަށްތަކުގެ ތެރެެއިން މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަދުވަސް ވެފައިވަނީ ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫ އެވެ. އެގޮތުން މި ހަތަރު ރަށް މޮނިޓަރިންއަށް ލާފައިވަނީ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 92،368 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1796 ކޭސް އެވެ. މި ބަލިން 90،304 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 16 މީހަކަށެވެ. މި ބަލީގައި 255 މީހަކު ވަނީ ނިޔާވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމުލަ 90،304 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.