Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

"ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން ޖަލްސާއެއް ބާއްވަނީ، ޔާމީން ބައިވެރިވާނެ

ރައީސް ޔާމިން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

"ކޮތަރު ކޮށި" ނަމުގައި އިދިކޮޅު ޕީޕީއެމް ޕިއެންސީން ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 08:30 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތައް ހުންނަ ސަރަަހައްދުގައި އޮންނަ ހިޔާ ޕާކުގައި ކަމަށް އިދިކޮޅުން މައުލޫމާތުދެއެވެ.

މި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައިވާކަމަށް އިދިކޮޅުން މައުލޫމާތުދެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭވެސް އިދިކޮޅުން ވަނީ ރައީސް ޔާމީނަށް މަރުހަބާ ކިޔުމުގެ ގޮތުން މާލޭގައި ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ސަރުކާރަށް ނުހަނު ބޮަޑަށް ފާޑުވިދާޅުވެފައެވެ. އަދި މިސަރުކާރުން އިންޑިއާ ބާއްވަމުން އަންނަ ގާތްގުޅުމަށްވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ.