Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އަންނަ އަހަރު ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް--

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ހަމަޖައްސައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރުކޮށްފައިވަނި ހަތަރު ދުވަހެވެ.

އެ ދުވަސްތަކަކީ، 5 މޭ 2022 (ބުރާސްފަތި)، 13 ޖުލައި 2022 (ބުދަ)، 14 ޖުލައި 2022 (ބުރާސްފަތި) އަދި 28 ޖުލައި 2022 (ބުރާސްފަތި) ދުވަހެވެ.

މި ދުވަސްތައް ބަންދުކޮށްފައިވަނީ އީދު ބަންދުތަކާއި މިނިވަން ދުވަހާ ގުޅިގެންނެވެ.