މާލޭގައި އަނބިމީހާ އޭނާގެ ފިރިމީހާއަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާގައި ފިރިހެން މީހާއަށް ވަޅިން ހަމަލާ ދިނުމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ދެމަފިރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާގެ ބަނޑަށް އަނބިމީހާ ވަޅިން ހަމަލާދީފައިވާއިރު، މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.