Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށް، ކައުންސިލްގެ ދަށަށް ގެންނަން ފާސްކޮށްފި

މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހަދައިފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި، މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ފާސްކޮށްފައިވަނީ 12 ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ.

އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން އެޗްޑީސީއަށް ހައްދާދީފައި އޮންނަ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާއިރު، ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ.

ކައުންސިލުން މިގޮތަށް ފާސްކޮށްފައިމިވަނީ، މިހުކުރު ދުވަހު ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ޖަލްސާއެއް ބާއްވާނެކަން އަންގާފައިވަނިކޮށް، ހުއްދަ ނުހޯދާ ޖަލްސާ ނުބޭއްވޭނެކަމަށް އެޗްޑީސީން ބުނެފައިވަނިކޮށެވެ.