Last Updated: June 30, 06:12
Tuesday, June 30, 2026
ސިޔާސީ

ރައީސް ޔާމީން މިއަދު އައްޑު އަށް

ޔާމީން އެންމެ ފަހުން އައްޑު އަށް ކުރެއްވި ދަތުރުގައި ސަޕޯޓަރަކާ އެކު: މިއަދު ރައީސް އައްޑު އަށް ވަޑައިގަންނަވާނެ. ފޮޓޯ/ އައްޑޫ ލައިވް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އައްޑު އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ (ޓީވީމުއާ) ވިދާޅުވީ ރައީސް ޔާމީން އައްޑޫއަށް ވަޑައިގަންނަވާނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. "އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:35 ގަ އެވެ.

ރައީސްކަމާއި ހަވާލުވެވަޑައިގެން އައްޑު އަށް މިއަދު ކުރައްވާ ފުރަތަމަ ދަތުރަކީ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ހާލު ބެލުމާއި އައްޑޫ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުން ކަމަށް ރައީސްގެ ތަރުޖަމާން ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ރައީސް ބައިވެރިވެޑައިގަންނަވާ ހާއްސަ ޖަލްސާއެއް ހިތަދޫގައި މިރޭ އޮންނާނެ ކަމަށެވެ.

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު މިހާތަނަށް ވަޑައިގެންފައި ވަނީ ދ. އަދި މ އަތޮޅަށް އެކަންޏެވެ.