ޏ. ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް 6 ޑިސެމްބަރ 2021 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.