އައްޑޫސިޓީގެ ހުޅުމީދޫ އަދި ފޭދޫއާއި ދެމެދު ސައިކަލް ފެރީގެ ހިދުމަތް ފަށައިފިއެވެ.
މިއަދު މި ތައާރަފް ކުރެވުނު ޚިދުމަތުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި ދިޔަވަރަށް އަންނަ ބަދަލުތަކާއިއެކުވެސް ސައިކަލްތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ބެހެއްޓިފައި ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ސައިކަލް ފެރީ ޚިދުމަތުގެ އަގަކީ ސައިކަލަކަށް 20 ރުފިޔާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ސައިކަލް ފެރީގެ ޚިދުމަތް އޮންނާނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.