ފުލުހުންނަށް ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ.
ޕީޕީއެމް ޕީއެންސީން ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް ނިންމި ޖަލްސާ ހުއްދަ ނުހޯދާ ބާއްވަން އުޅޭތީ ފުލުހުން މެދުވެރިކޮށް އެ ސަރަހައްދު ބަލަހައްޓަމުން އަންނައިރު، އެކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް އަންގާ ޣައިރު ޤާނޫނީ އެންގުންތަކަށް ފުލުހުން ތަބާވުމަށް ގޮވާލާފައެވެ.
ޝުޖާއު ވިދާޅުވީ ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވުމުން ދަޢުވާ އުފުލޭތަން ބަލަން ބޭނުންނުވާކަމަށެވެ.
ދިވެހި ފުލުހުން @M_Hameedhކުރާ ޤައިރު ޤާނޫނީ ޢަމުރު ތަކަށް ތަބާނުވުމަށް އިލްތިމާސް ކުރަން.މިވެރިކަން ނިމުމުގެ ކުރިން އެމް.ސީ ހަމީދު ފިލާ ރައްކާވާނެ.ތިޔަ ދިވެހި ފުލުހުންގެ މައްޗަށް ޤައިރު ޤާނޫނީ އަމުރު ތަކަށް ތަބާވުމުން ދަޢުވާ އުފުލޭތަން ބަލަން އަޅުގަނޑު ބޭނުމެއްނޫން.#ވިސްނާ
— Ibrahim Shujau (@IbrahimShujaau) December 8, 2021
ޕީޕީއެމްއިން ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި "ކޮތަރު ކޮށި" ނަމުގައި ޖަލްސާއެއް ބެއްވުމަށް ނިންމާފައިއޮތީ މި ހުކުރު ދުވަހުއެވެ. އެހެންނަމަވެސް އެޖަލްސާއަށް ތައްޔާރު ވުމުގެ ކަންކަން ޕީޕީއެމުން ފެށުމުން އެޗްޑީސީން ވަނީ ހުއްދަ ނުހޯދާ ޖަލްސާ ނުބޭއްވޭނެކަމަސް ބުނެފައެވެ. އަދި އެކަމާ ގުޅިގެން ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ހަދާދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކޮސް ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ފާސްކޮށްފައެވެ.
ޖަލްސާ ބޭއްވިޔަނުދިނުމަށް އިއްޔަ ހަވީރުން ފެށިގެން ފުލުހުން އަންނަނީ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ފޯރިމަރަމުންނެވެ.