Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

މުއިއްޒު މިއަދު އޭސީސީއަށް ހާޒިރު ކުރަނީ

މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް، މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވުމަށް އަންގައިފިއެވެ.

މުއިއްޒުއަށް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރު 02:00 އަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު މިކަން ހާމަކުރިއިރު، އޭސީސީއަށް ހާޒިރު ކުރަނީ ކޮން ކަމަކާ ގުޅިގެންކަން ސާފުނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިއަދު އޭސީސީއަށް ހާޒިރު ވުމަށް އެންގުމުން މުއިއްޒު ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މީގެކުރިންވެސް އެކި މައްސަލަތަކުގައި މުއިއްޒު އޭސީސީއަށް ހާޒިރު ކޮށްފައިވެއެވެ. އަދި ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދިންކަމަށްބުނެ ދައުވާ އުފުލާ އެ މައްސަލައިގެ ޝަރީއަތް އަންނަނީ ހިންގަމުންނެވެ.