Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ރަޖިސްޓްރީ ބާތިލު ކުރި މައްސަލަ ކޯޓަށާއި އެލްޖީއޭއަށް ހުށަހަޅައިފި

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ހިލާފު ނިންމުމެއްކަމަށް ކަނޑައަޅައި ދެއްވައި އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ހައުސިލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސިވިލް ކޯޓަށާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅައިފިއެވެ.

ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކޮށްފައިވާކަން އަންގާ ސިޓީ ކައުންސިލުން ސިޓީއެއް އެޗްޑިސީއަށް ވަނީ ފޮނުވާފައިވާފައެވެ.

އެޗްޑީސީން ބުނެފައިވަނީ މި ނިންމުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްޤާއި، ބިމާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 56 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ދެކޭކަމަށެވެ.

އެހެންކަމުން މި ނިންމުމަކީ ޤާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި ދެއްވައި، އެ ނިންމެވުން ބާތިލުކޮށްދެއްވައި، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރެއްވުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވައިދެއްވުމަށް އެދި ސިވިލް ކޯޓަށާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑިސީއަށް ހަދާދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ މާލެސިޓީ ކައުންސުލް ބާތިލުކޮށް ހުޅުމާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް ފާސްކުރި، ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ޕީޕީއެމްގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އެޗްޑީސީން ނުދިނުމުންނެވެ.