"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، "ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސ.ހުޅުދޫ/ ރަސްގެދަރު މުޙައްމަދު ޔާސީނަށް ކަމަށެވެ.
"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ސ.ހުޅުދޫ/ ރަސްގެދަރު މުޙައްމަދު ޔާސީނަށް ދިނުމަށް މިއަދު ކޮމިޝަނުން ނިންމައިފި. pic.twitter.com/NQlNYZOmc4
— Elections Commission (@ElectionsMv) December 9, 2021
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްފައި އޮތީ 11 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އާއި އެމްޑީއޭ އާއި އެމްޓީޑީގެ އިތުރުން ޕީއެންސީ އާއި އެމްއެލްއެސްޑީޕީ، އެމްއާރްއެމް އަދި އެމްއެންޕީއެވެ.