މާލެސިޓީ ކައުންސިލަށް ކުރިހާ އަނިޔާ އެއް ކުރީވެސް ޕީޕީއެމްގެ ވެރިކަމުގައިކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިހާރުގެ މާލެސިޓީ ކައުންސިލަށް ފާޑު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓްތަކެއް ވިދާޅުވެފައިވަނީ، ޕީޕީއެމްއަށް ރައްޔިތުންގެ މަޖިލީހުގެ ލިބުމުން އެމީހުން އެމީހުން ބޭނުންވާ ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމަށް މަގުފަހިވާ ގޮތަށް ޤާނޫނުތަކާއި ޤަވާޢިދުތައް ބަދަލުކުރި ކަމަށެވެ. އެގޮތުން ބޭރުމީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރި ކަމަށެވެ.
ވެޑުވުމަށް ރައީސޫލް ޖުމްހޫރިއްޔާ އާއި އެމަނިކްފާނުގެ ނައިބު ކަމަށް ކުރިމަތިލެއްވޭ ބޭފުޅުންގެ ޢުމުރު ހަގުކުރި. ފަހުން އެމެޝިނުން ޑޮލަރު ހުސްވީމާ އަދި ބޭނުން ކެނޑުނީމާ ޤާނޫނެއް ޤަވާޢިދަކަށް ބެލުމެއް ނެތި ނަގާ ބަޭރުކޮށް ޖަލުގެ ކުޑަގޮޅިއަށްލި.
— Dr.Mohamed Iyaz (@dr_iyaz) December 9, 2021
ޑރ. އިޔާޒް ވިދާޅުވީ މިއަދު ފެންނަނީ މާލެސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމަށް ލިބުމުން ތަންތަނުގެ ރަޖިސްޓްރީ ބާޠިލްކޮށް އަމިއްލައަށް މިލްކުވެރިވެގަންނަތަން ކަމަށެވެ.
ހުޅުމާލެ މާލެސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިކަމަށް މޭޔަރު މުއިއްޒު ވިދާޅުވާ ވާހަކައާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، "އެކަން ކޮށްދެއްވަންދެން ކެތްތެރިކަމާއިއެކު މަޑުކޮށްލައިގެން ތިބިނަމަ ތަންކޮޅެއް އަޚްލާޤީ ގޮތުންވެސް ރީތިވީސް" ކަމަށެވެ.
މީގެއިތުރުންވެސް ޑރ. އިޔާޒް ވިދާޅުވީ މާލެސިޓީ ކައުންސިލަށް ހުރިހާ އަނިޔާއެއް ކުރީވެސް ޕީޕީއެމްގެ ވެރިކަމުގައިކަން އެބޭފުޅުން ހަނދުމަފުޅު ނެތްކަމަށެވެ.