Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ރިސެސްއަށް ނުދިއުމަށް ޑްރަގް ކޯޓުން ނިންމައިފި

ޑްރަގް ކޯޓު -- ވަން ފޮޓޯ: އަހުމަދު އައިހަމް

މިއަހަރުގެ ޑްރަގް ކޯޓު ރިސެސްއަށް ނުދާން ނިންމައިފިއެވެ.

ޑްރަގް ކޯޓުން ބުނެފައިވަނީ މި މަހުގެ 9 ން 31 އަށް ރިސެސްއަށް ދިއުމަށް އަހަރީ ކަލަންޑަރުގައި ކުރިން ތާވަލު ކުރެވިފައި ވީނަމަވެސް، މި މުއްދަތުގައި ރިސެސްއަށް ނުދާން ޑްރަގް ކޯޓުން ކަނޑައަޅައިފައިވާކަމަށެވެ.

ޑްރަގް ކޯޓުން މިގޮތަށް ނިންމާފައިވަނީ އިއްޔެ އޮތް ފަނޑިޔާރުންގެ މަޖިލީހުގައެވެ.

އެގޮތުން މި ކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު، ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ރިސެސްއަށް ނުދިއުމަށް ނިންމަވާފައި ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަދިވެސް ދެމިއޮތުމުން ހަލުވިމިނެއްގައި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެފައި ވުމާއެކު، މިވަގުތު ރިސެސްއަށް ހިނގައްޖެނަމަ ޝަރީޢަތްތައް އިތުރަށް ލަސްވެދާނެކަމަށް ފެނިވަޑައިގަންނަވާތީ، އެކަމަށް ރިޢާޔަތްކޮށް ކަމަށް އެކޯޓުން މައުލޫމާތުދެއެވެ.

މިދިޔަ އަހަރުވެސް މި ސަބަބުތަކަށްޓަކައި، ޑްރަގް ކޯޓުން ރިސެސްއަށް ގޮސްފައެއް ނުވެއެވެ.