Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ރައީސް ސޯލިހް ރުޅިއައިސް ދެފައި ތުރުތުރު އެޅިޔަސް، "އިންޑިއާ އައުޓް" ކެމްޕެއިންދާނީ ކުރިއަށް

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: އަވަސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކިތަންމެ ރުޅިއައި ކަމުގައި ވީނަމަވެސް އިންޑިއާ އައުޓް ކެމްޕޭން ދާނީ ކުރިއަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހް "ރުޅި އައިސްގެން ދެފައި ތުރުތުރު އަޅާވަރުން ކޮޅަށް ނުހުރެވުނަސް އިންޑިޔާ އައުޓް ކެމްޕެއިންދާނީ ކުރިއަށް" ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ކެމްޕޭނެއްކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންނަކީ ކުށްވެރިންކަމަށް ރައީސް ސޯލިހް ވިދާޅުވުމުން އެކަމާ ހައިރާން ނުވާކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރާއްޖޭގައި އެކިކަންކަމުގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކެމްޕޭނެއް ކުރަމުން އަންނައިރު ރައީސް ޔާމީންވެސް ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައްވާފައެވެ. އަދި އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރުމަށް ރައީސް ޔާމީން ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ޕީޕީއެމުން ވަނީ ހާމަކޮށްފައެވެ.

އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، އިދިކޮޅުން ވަނީ އިންޑިއާގެ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ ޕެޓިޝަނެއް ވެސް ތައްޔާރުކުރަން ފަށާފައެވެ.