Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ރައީސް ޔާމީން ފޭދޫގައި

މިއަދު ހެނދުނު އައްޑު އަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން ފޭދު އަށް ހަވީރު ވަޑައިގެންފި އެވެ.

ހުޅުމީދޫން އެ މަނިކުފާން ފޭދު އަށް ވަޑައިގަތުމުން ފޭދޫ ބަނދަރުން ޕީޕީއެމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މަރުހަބާ ކިޔައިފައިވެ އެވެ.

ރައީސްގެ އަރިހުގައި އަނބިކަނބަލުން ފާތުމަތު އިބްރާހީމާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވެސް ވަޑައިގެންނެވި އެވެ.

ސަޕޯޓަރުންނާ ސަލާން ކުރެއްވުމަށް ފަހު، ރައީސް ދެން ވަޑައިގެންނެވީ ފޭދޫ ލިންކް ރޯޑްގައި ހުންނަ ޕީޕީއެމްގެ ޖަގަހައަށެވެ.

އެތަނުގައި ވަނީ ސައިގެ ކަންތައްތައް އިންތިޒާމްކޮށްފަ އެވެ.

ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި އޮންނާނެ އެވެ.