ކޮވިޑް-19 ގައި މިއަދު ރާއްޖޭގެ އިތުރު 9 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ޖުމުލަ 21 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.
އެގޮތުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ، ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، މ. މުލައް، ނ. މިލަދޫ، ނ. ވެލިދޫ، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، އދ. މާމިނގިލި އަދި ނ. މާފަރެވެ. މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ބ. އޭދަފުށި، ހދ. ހަނިމާދޫ، ބ. ދޮންފަނު، ނ. ލަންދޫ، ނ. މިލަދޫ، ޅ. ހިންނަވަރު، ތ. ވިލިފުށި، ތ. ހިރިލަންދޫ އަދި ގދ. ރަތަފަންދޫއެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 93،064 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1933 ކޭސް އެވެ. މި ބަލިން 90،861 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 15 މީހަކަށެވެ. މި ބަލީގައި 258 މީހަކު ވަނީ ނިޔާވެފައެވެ.