Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ކ. އަތޮޅުން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި-- ފޮޓޯ: އަހުމަދު އިޔާދު

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މިހިސާބަށް ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 12:15 އިން ހަވީރު 04:15 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި ގަޑީއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަވާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.