Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ފީއަލި ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީއަށް

ފ. ފީއަލީ ބިންހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ 66،853،846.69 ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިމަޝްރޫއުގެ ދަށުން ފީއަލީގައި 13.8 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ހިއްކި ބޮމުގެ ގޮނޑުދޮށް ހިމާޔަތްކޮށްކުރުމުގެ ގޮތުން 1606 މީޓަރގެ ރިވެޓްމެންޓާއި 30 މީޓަރުގެ ފަސް ގްރޮއިން ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

ފީއަލީ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ އެމްޑީ އާދަމް އާޒިމްއެވެ.