Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޑިސެމްބަރު 16 އިން ފެށިގެން ފެމިލީ ކޯޓު ރިސެސްއަށް

ފެމިލީ ކޯޓު ---

ޑިސެމްބަރު 16 ވަނަ ދުވަހުން ފެށިގެން ފެމިލީ ކޯޓު ރިސެސްއަށް ދާނެކަމަށް އެ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން ބުނެފައިވަނީ ޑިސެމްބަރު 16 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް އެކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.

ރިސެސްގެ މުއްދަތުގެތެރޭގައި މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުން މަދުކުރެވޭނެ ކަމަށާއި، ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި ކާވެނިތައް ކޮށްދިނުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތައް މި މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.

ރިސެސްގެ މުއްދަތުގައި ކޯޓުގެ ޤާޟީންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަފާތު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ފެމިލީ ކޯޓުން މައުލޫމާތުދެއެވެ. އެގޮތުން ލީޑަޝިޕް އެންޑް ޓައިމް މެނޭޖްމަންޓާއި، މޯޓިވޭޝަނަލް އަދި ސްޓެސް މެނޭޖްމަންޓް ސެޝަނަކާއި، މުވައްޒަފުންނަށް އަމާޒުކޮށްގެން އައި.ޓީ އާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިކުރުމުގެ ތަމްރީނުތައް ހިންގުން ހިމެނޭކަމަށްވެސް ބުނެފައިވެއެވެ.