ޖެންޑަރ މިނިސްޓަރު އައިޝަތް މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހީމް ޒާހިރު (ޔަންމާ ޒާހިރު) އަވަހާރަވެއްޖެއެވެ.
ޒާހިރު މިއަދު އަވަހާރަވީ އިންޑިއާގެ ކޮޗިންގައި ހުންނަ ހޮސްޕިޓަލެއްގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުއްޕާމޭގެ ބައްޔަކަށް ޒާހިރު ފަރުވާ ހޯސްވަމުންގެންދަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އުމުރުން 66 އަހަރުގައި ޒާހިރު އަވަހާރަވިއިރު، ޒާހިރުއަށް ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުން ލިބިފައިވެއެވެ.