Last Updated: March 28, 17:21
Thursday, March 28, 2024
ކުޅިވަރު

ދެވަނަ ބުރުގައި ޕީއެސްޖީ އާއި ޔުނައިޓެޑްގެ ކުރިމަތިލުމެއް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޔުނައިޓެޑް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދިއިރު، ޕީއެސްޖީ ދެވަނަ ބުރަށް ދިޔައީ އެ ޓީމު އޮތް ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ. މި ދެ ޓީމު އެންމެފަހުން ޗެމްޕިއަންސް ލީގުގައި ބައްދަލުކޮށްފައިވަނީ މިދިޔަ ސީޒަނުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެފަހަރު އެއް މެޗުން ޔުނައިޓެޑް މޮޅުވިިއިރު އަނެއް މެޗު ކާމިޔާބުކުރީ ޕީއެސްޖީންނެވެ.

މި މެޗު ވެގެންދާނީ އަހަރުތަކަކަށްފަހު ޕީއެސްޖީ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ އަދި ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމެއް ފެނިގެންދާނެ މެޗެކެވެ.

މުބާރާތުގެ ދެވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ ބައްދަލުކުރަން ޖެހުނީ ފްރާންސްގެ ލިލްއާއެވެ. ލިވަޕޫލް އާއި ސަލްޒްބާގް ބައްދަލުކުރަން ޖެހުނުއިރު، ރެއާލް މެޑްރިޑް ނިކުންނާނީ ބެންފީކާއާ ދެކޮޅަށެވެ. ބަޔާން މިއުނިކުން އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނިކުންނައިރު، ޔުވެންޓަސް ބައްދަލުކުރާނީ ސްޕޯޓިން ލިސްބަން އާއެވެ.

މެންޗެސްޓަރ ސިޓީން ވިޔަރެއާލްއާ އާއި ބައްދަލުކުރާއިރު، އިންޓަމިލާން ނިކުންނާނީ އަޔެކްސްއާ ދެކޮޅަށެވެ.