Last Updated: April 24, 06:35
Wednesday, April 24, 2024
ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ގުރު އަލުން ނަގަނީ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން އަލުން ނެގުމަށް ނިންމައިފި އެވެ.

ގުރުއަލުން އަލުން ނަގަން ނިންމީ ފުރަތަމަ ނެގި ގުރުއަތުލުމުގައި ޔޫއެފާ އަށް ހެދުނު ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން މައްސަލަ ދިމާވީ ދެވަނަ ބުރުގައި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރަން ޖެހިދާނެ ޓީމުތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ ނަން ހިމެނިފައި ނުވުމާއި އަދި ޔުނައިޓެޑްގެ ގުރު މާކުރިން ނިމިފައިވާ ކަމަށް ޔޫއެފާގެ ސިސްޓަމުން ދައްކާފައިވާތީ އެވެ.

ނަމަވެސް އޭރު ޔުނައިޓެޑްގެ ގުރު ނިމިފައި ނުވާއިރު، ޔުނައިޓެޑާއި އެތްލެޓިކޯއާ ޖެހުމުގެ ފުރުސަތު ވެސް އޮތެވެ. އެ މައްސަލަ އޭރު ފާހަގަނުވިއިރު ގުރުއަތުލުމުން އެތްލެޓިކޯ ޖެހުނީ ބަޔާން އާއެވެ. އަދި ޔުނައިޓެޑް ޖެހުނީ ޕީއެސްޖީއާ އެވެ.

މިި މައްސަލައާ ގުޅިގެން އެތްލެޓިކޯ އިން ޔޫއެފާގައި ގުރުއަތުލުމުގައި ކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް އެދުނުއިރު، ޔޫއެފާ އިން މިހާރު ވަނީ އަލުން ގުރުލުން ބޭއްވުމަށް ނިންމާފަ އެވެ. އަދި ކުރިން ނެގި ގުރުލުން މިހާރު ބާތިލުކޮށްފަައިވާ ކަމަށްވެސް ޔޫއެފާ އިން ބުނެ އެވެ.

އަލުން ގުރުލުން އޮންނާނީ ރާއްޖެގަޑިން 7 ޖަހާއިރު އެވެ.