Last Updated: June 10, 09:34
Wednesday, June 10, 2026
ޚަބަރު

ކޮމަންޑޫ ދާއިރާގެ މެމްބަރު އަވަހާރަވެއްޖެ

ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވެއްޖެއެވެ.

ހުސައިން ވަހީދު އަވަހާރަ ވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

އާލާސްކަންފުޅުގެ ސަބަބުން ހުސައިން މިދިޔަ އަހަރުގެ ބޮޑު ބައެއްވެސް ހޭދަކުރައްވާފައިވަނީ ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށެވެ.

މެމްބަރު ހުސައިން ވަހީދު އަވަހާރަވިއިރު އަތްބަކާއި ތިން ބޭފުޅުން އެބަތިއްބެވިއެވެ.

މެމްބަރުން ހުސައިން އަކީ މީގެކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތެކެވެ.