Last Updated: June 21, 18:16
Sunday, June 22, 2025
ޚަބަރު

އޭސީސީގެ މެމްބަރުން ވަކި ކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމުގެ މަސައްކަތް ފަށައިފި އެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުން ވަނީ ފަށާފައެވެ. އެގޮތުން، އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވާތީ، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް ކޯރަމް ހަމަ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ދައުރުން ބޭރުން ބާއްވާ ޖަލްސާ އޮތީ ކޮން ގަޑިއެއްގައި ކަމެއް ރަސްމީކޮށް ނޭނގެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މިރޭ އެ ޖަލްސާ ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.