ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އެ މަސައްކަތް ނިމިފައިވަނީ ޑިސެމްބަރު 12 ވަނަ ދުވަހުކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 8,100 ކިޔު ިބކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފުރިހަމަ ކުރެވިފައެވެ.
ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތަކީ 8.9 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށްފަހު، އެމްޓިސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފައިނުގެ ދޯނިއެހެލާ ސަރަޙައްދު ލެވެލްކުރުމާއި، ރަށުގެ އެކި ސަރަޙައްދުތައް ސާފުކޮށްދިނުމާއި، ރަށުގެ ބައެއް މަގުތައް ސާފުކުރުމާއި، މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.