Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޑިސެމްބަރު 16 އިން ފެށިގެން ކްރިމިނަލް ކޯޓު ރިސެސްއަށް

ކްރިމިނަލް ކޯޓު --

ޑިސެމްބަރު 16 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓް ރިސެސްއަށް ދިއުމަށް ނިންމާފައިވަނީ ޑިސެމްބަރު 16 ވަނަ ދުވަހުން ޑިސެމްބަރު 31 ގެ ނިޔަލަށެވެ.

މިމުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮންމެހެން ބާއްވަންޖެހޭ ހާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް ކަމަށް ކްރިިމަންލ ކޯޓުން ބުނެފައިވެއެވެ.

ރިސެސްގައި އޮންނަ މުއްދަތުގައިވެސް، ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ަބންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުން ގެންދާނެކަމަށްވެސް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.