ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކުން ދިވެހިރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ނޫހެއްގައި ބުނެފައިވާގޮތުން އެގައުމުން ރާއްޖެއަށް ލޯނެއް ދިނުމަށް ނިންމާފައިވަނީ ބަންގްލަދޭޝްގެ ބޭންކުގެ އިސްވެރިންނާއި އެގައުމުގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ގުޅިގެން ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.
މި ލޯނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި އަހަރުގެ މާޗު މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި އެދިލައްވާފައިވާ ލޯނެއްކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. މިފަހުން ނައިބު ރައިސް ފައިސަލް ނަސީމްވެސް ވަނީ ބަންގްލަދޭޝަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަން ވެސް ހާމަކުރައްވާފައެވެ.
ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކުން މިފަހުން ވަނީ ސްރީލަންކާއަށްވެސް 200 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.