Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ފީވަށް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް

ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ދަމުންއަންނަކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ކާނު ގަނޑު ހަރުކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކުރުމާއި، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަހައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި، ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ފީވަށް ފުޓްބޯޅަ ދަނޑުގެ މަޝްރޫއަކީ 2.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.