ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުލުން އައްޑޫގައި ފަށައިގެން ކުރިއަށް އެބަދެ އެވެ.
އައްޑޫގެ 6 ގޮނޑި އަށް 17 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފަ އެވެ.
އިލެކްޝަނުން ވޯޓުލާން ހަމަޖެއްސި ހެނދުނު 7:30 ގައި އައްޑޫގެ ހުރިހާ ވޯޓުފޮށްޓަކަށް ވޯޓު ލުންވަ ނީ ފެށިފައެވެ.
އަދި ވޯޓުލުން ފެށުނުނަމަވެސް މިހާތަނަށް ވޯޓުލާން ނިކުމެފައި ވަނީ ވަރަށް މަދު ބައެކެވެ.
ވޯޓުލާ ސަރަހައްދުގައި ފުލުހުން ފޯރިމަރަމުންދާ އިރު އަދި މިހާތަނަށް ވޯޓާއި ގުޅިގެން އައްޑޫން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެ އެވެ.