Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޖެންޑާއިން ވަކިކުރަން ނިންމި 21 މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާތިލުކޮށްފި

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖެންޑާ މިނިސްޓްރީން ވަކިކުރަން ނިންމި 21 މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާތިލުކޮށްފިއެވެ.

އެ 21 މުވައްޒަފުން ވަކިކުރަން ނޯޓިސް ދީފައިވަނީ ޑިސެމްބަރު އެއް ވަނަ ދުވަހުއެވެ.

ވަކިކުރުމަށް ނޯޓިސް ދީފައިވަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން ތަކަކަށެވެ.

އެއްފަހަރާ 21 މުވައްޒަފުން ކަނޑާލުމަށް ނޯޓިސް ދިނުމުގެ ސަބަބުން އެ ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކި ފަރާތްތަކާ ބައްދަލުކޮށްފައެވެ.

އެ ފަރާތްތަކަށް އިއްޔަ ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީއެއް ބުނެފައިވަނީ، ވަޒީފާއިން ވަކިކުރުމަށް ދީފައިވާ ނޯޓިސް ބާތިލުކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައިވާތީ ނޯޓިސް ބާޓިލުކުރާ ކަމަށެވެ.