Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މަސައްކަތެއް ކުރިއަށްދާތީ މާލޭގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ

މަސައްކަތެއް ކުރިއަށްދާތީ މާލޭގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީއިން ބުނެފައިވަނީ މާލޭގެ މެއިން ވޯޓަރ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ކުރިއަށްދާތީ މެލޭގެ ބައެއް ސަރަޙައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

އަދި މަސައްކަތް ކުރަމުން ގެންދަނީ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކަމަށާއި، ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.