އައްޑޫސިޓީ ފޭދޫ އަވަށުގެ މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައެއްގައި ހައްޔަރު ކުރި މީހާ ބަލި ހާލަތު ހުރިގޮތުން ކަމަށްބުނެ ދޫކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވަނީ، އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާއަށް ގެއްލުމެއް ލިބިދާނެތީ ޑޮކްޓަރުންގެ ލަފާގެ މަތިން، އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާކަމަށެވެ.
އައްޑޫސިޓީ ފޭދޫ އަވަށުގެ މިސްކިތަކަށް ވަދެ އެތަންތަނަށް ގެއްލުންދީ، މިސްކިތް ތެރެއަށް ބޮޑުކަމު ދިޔަ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 47 އަހަރުގެ ފިރިހެނެކެވެ.
މިފަހުން މާލޭގެ 2 މިސްކިތަކަށް ކުޑަކަމުދިޔަ މައްސަލައެއްގައިވެސް މީހެއްގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ.