ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖެހުމަށް ގެނެސްފައިވާ ވެކްސިންގެ ބޫސްޓަރ ޑޯޒަށް ބޭނުންވާ ސްރިންޖް އަދި ނުލިބޭކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވެކްސިން ލިބިފައިވާ ކަމަށާއި، އަދި ވެކްސިނޭޝަން ފެށުމަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ޝޯޓޭޖެއް އުޅޭތީ، ވެކްސިންއާ އެކީ ލިބެންޖެހޭ ސިރިންޖް ޝިޕްމަންޓް ލިބުމުގެ ލަސްތަކެއް އުޅޭކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ސިރިންޖް ލިބި އެހެނިހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ދުވަހެއް އިއުލާނު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެޗްޕީއޭއިން ބޫސްޓާ ޑޯޒު ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ.
މިހާތަނަށް 22،000 އަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.