ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.
އެ ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
އެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ތަގުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ މައްސަލައެވެ.
ޝެއިހް ހަސީނާ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ.
މިދިޔަ ބްރާސްފަތި ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވާފައިވެއެވެ. އެ ޖަލްސާގައި ވަނީ އޭސީސީގެ މެމްބަރުން މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާނުކޮށް އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައެވެ.