Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

"އިންޑިއާ އައުޓް" އަކީ ޤައުމީ ކެމްޕޭނެއް ނޫން: އެމްއެންޕީ

އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް--

"އިންޑިއާ އައުޓް" ކެމްޕޭނަކީ ޤައުމީ ކެމްޕޭނެއް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ އެމްއެންޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ކާނަލް ނާޒިމް ވިދާޅުވީ، ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ރާއްޖޭގައި ތިބުމަށް އެމްއެންޕީން ނޭދޭނެކަމަށާއި، އެހެންނަމަވެސް "އިންޑިއާ އައުޓް" ކެމްޕޭނަކީ އެހެން ބޭނުމަކު ހިންގަމުން އަންނަ ކަމެއްކަމަށެވެ.

"މިއީ ވަކި ބޭފުޅަކު އެ ބޭފުޅަކު އެ ބޭފުޅެއްގެ ސަރުކާރުގަ ހިނގާފަ ހުރި އެކި ކަންކަން ފޮރުވައި މަތިއަޅަން ހިންގާ ކެމްޕޭނެއް."

ނާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ޤައުމީ ކެމްޕޭނެއް ނޫންކަމަށާއި، އަދި އެއީ ގައުމީ ކެމްޕޭނެއްގެ ގޮތުގައި އެމްއެންޕީން ގަބޫލުވެސް ނުކުރާނެކަމަށެވެ.

ރައިސް ޔާމީން "އިންޑިއާ އައުޓް" ޓީޝަރޓް ތުރުކުރައްވައިގެން ހުންނެވުމުން އެކަމަސް ފާޑުވިދާޅުވެ ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅެއް ޤައުމެއްގެ ނަން ޖަހައިގެން ނުކުމެ އެ ގޮތަށް އުޅުން ގަބޫލު ނުކުރެވޭނެކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރު ނުވުމަށްވެސް ނާޒިމް ގޮވާލައްވާފައިވެއެވެ.