Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ގިނަ ޑިސްކައުންޓްތަކާއެކު އެސްޓީއޯ އަހަރީ ސޭލް ޑިސެމްބަރު 20 ގައި

ގިނަ ޑިސްކައުންޓް ތަކާއެކު އެސްޓީއޯ އަހަރީ ސޭލް ބޭއްވުމަށް ނިންމައިފިއެވެ.

އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މި ސޭލްއިން ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި މި ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 20 ވަނަ ދުވަހު ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެގޮތުން އެ ދުވަހު މި ސޭލް ކުރިޔައްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ކަމަށްވެސް އެ ކުންފުނިން މައުލުމާތު ދީފައިވެއެވެ.

މާދަމާ ކުރިއަށްގެންދާ މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި %15 އާއި ހަމައަށް ޑިސްކައުންޓް ( އޭސީ ނޫން އެހެން ހުރިހާ މުދަލުން) ދިނުމަށް ހަމަޖެހިފައިވާއިރު، ސުޕަމާޓު ފިހާރައިން %5 ޑިސްކައުންޓް، އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ހޯމްއިމްޕްރޫވްމަންޓްގެ މުދަލުން %10 ޑިސްކައުންޓް، ގްރޭންޑް ލަކީޑްރޯ – ނަސީބު ވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރ އެއް، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް – ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއްގެ ގޮތުގައި ބައްތިރީސް އިންޗި ޓީވީއެއް އަދި އެސްޓީއޯ ސުޕަމާޓް – ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭ ލިބޭނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.