ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުސަތު އައްޑޫސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް 19 ޑިސެންބަރު 2021 ދުވަހުން ފެށިގެން ރަސްމީގަޑިގައި އައްޑޫސިޓީގެ އަވަށުއޮފީސްތަކުން ލިބެން ހުންނާނެ ކަމަށެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.
ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ޖެނުއަރީ 2022އިން 20 ޖެނުއަރީ 2022ވަނަ ދުވަހުގެ 13.00ގެ ނިއަލަށް އެމީހަކު ދިރިއުޅޭ އަވަށެއްގެ އަވަށުއޮފީހުން ކަމަށްވެސް އައްޑުސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމްގައިވާ ހުރިހާ މަޢުލޫމާތުތައް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅުއްވަންޖެހޭ ހުރިހާ ލިއުންތަކެއް ހަމަކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޯމާއެކު ހުށަހެޅުއްވުމަށް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި އެދިފައިވެއެވެ.