Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މަޖިލީހުގައި ތަޤުރީރު ކުރެއްވުމުގެ ދައުވަތު ޝައިހް ހަސީނާއަށް ދިނުމަށް ފާސްކޮށްފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ހަސީނާ--

ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ހަސީނާއަށް ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރުމުގެ ދައުވަތު ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާއަށް ވަނީ ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ތަގުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ.

އެ މައްސަލައިގައި މިއަދު ވޯޓަށް އެހުމުން އެކަމަށް ފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ޝެއިހް ހަސީނާ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 22 ވަނަ ދުވަހުއެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި އެކަމަނާ މަޖިލީހުގައި ތަޤުރީރު ކުރައްވާނީ 23 ވަނަ ދުވަހުގެ ހަވީރުއެވެ.