Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ޒޭސް އެވެނިއު އިން ވިޔަފާރިކޮށްގެން ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު

ޒޭސް އެވެނިއު. މި ފިހާރަ ހުންނަނީ ސ.ހުޅުދޫގައި

އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ ޒޭސް އެވެނިއުގެ އަހަރު ނިންމާ ސޭލް ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ކޮސްމެޓިކް ސާމާނުތައް ވިއްކާ ޒޭސް އެވެނިއު އިން އަހަރު ނިންމާ ސޭލް ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

ޒޭސް އެވެނިއު އިން ބުނީ، 200 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވައުޗަރެއް ލިބޭނެ ކަމަށެވެ. އަދި 500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކުރާ ކޮންމެ މީހަކަށް ހަދިޔާއެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މީގެއިތުރުން މި ޕްރޮމޯޝަން ނިމޭ ދުވަހު ގުރުއަތުން ހޮވޭ ފަރާތަކަށް އައްޑޫ ސައުތު ޕާމް ރިސޯޓުގައި 2 ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ޒޭސް އެވެނިއު އިން ވިއްކާ ބައެއް ސާމާން

ހަމައެހެންމެ، މިޑްލް ރޭންޖުގެ ފްރެގްރެންސްތަކުންނާއި ގިފްޓު ސެޓުތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް ޒޭސް އެވެނިއު އިން ބުނެއެވެ. އަދި ކުޑަކުދިންގެ ހެދުންތަކުން 20 އިންސައްތަ ޑިސްކައުންޓަކާއި އަންހެނުންނާއި ފިރިހެނުންގެ ހެދުންތަކުން 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެ ފިހާރައިން ބުނެއެވެ.

ޒޭސް އެވެނިއު އިން ވިއްކާ ބައެއް ބްރޭންޑްތަކުގެ ސާމާން

ޒޭސް އެވެނިއު އިން ވިއްކާ ބްރޭންޑްތަކުގެ ތެރޭގައި "ރީފް" އަދި "ވޮލްކޮމް" ބްރޭންޑްގެ ފައިވާނާއި، "އިސަބެއްލާ" ބްރޭންޑްގެ މޭކަޕް އަދި "ހެއަރ ކެއަރ" ބްރޭންޑުގެ ކަންޓޫ ހިމެނެއެވެ. މީގެއިތުރުން ހުރިހާ އުމުރެއްގެ މީހުންނާ ގުޅޭ ސެންޓުގެ ތަފާތު އެކިއެކި ވައްތަރުތައް ލިބެން ހުންނާނެކަމަށް އެ ފިހާރައިން ބުނެއެވެ.

ޒޭސް އެވެނިއު އިން ވިޔަފާރި ކުރެއްވުމަށް 7237176 އަށް ވައިބާ ކުރެވޭނެއެވެ. އަދި އެ ފިހާރައަށް ޒިޔާރަތްކޮށްލައްވައިގެންވެސް ވިޔަފާރި ކުރެވޭނެއެވެ.