Last Updated: March 29, 10:59
Friday, March 29, 2024
ޚަބަރު

އުމަރު ޒާހިރުގެ ޖަނާޒާ އިޝާ ނަމާދަށްފަހު

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ޢުމަރު ޒާހިރުގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު ބޭއްވުމަށް ނިންމައިފި އެވެ.

އުމަރު ޒާހިރުގެ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ގަލޮޅު ސަހަރާގަ އެވެ.

އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.

ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.