Last Updated: May 28, 21:50
Tuesday, May 28, 2024
ޚަބަރު ޕީޕީއެމް

ޕީޕީއެމް ކޮމަންޑޫ ދާއިރާގެ ޕްރައިމަރީ އަންނަ އާދީއްތަ ދުވަހު

ޕީޕީއެމް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ތެރެއިން-- ފޮޓޯ: ވަން އޮންލައިން/ މުހައްމަދު އައުޒަމް

ހުސްވެފައިވާ ކޮމަންޑު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ފަރާތެއް ހޯދުމަށް ބާއްވާ ޕްރައިމަރީ އަންނަ ހަފްތާ އާދީއްތަ ދުވަހު ބެއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީ، ޕީ.ޕީ.އެމް އަދި ޕީ.އެން.ސީގެ އެތެރޭގެ ޕްރައިމަރީއެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ޕްރައިމަރީގެ ވޯޓު ނެގުން ޕްރައިމަރީގެ ވޯޓު ނެގުން 2021 ޑިސެމްބަރު 26 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫ ގެ އިތުރުން މާލޭގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމުން މައުލޫމާތުދެއެވެ.

ޕީޕީއެމުން ބުނެފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީ.ޕީ.އެމް ގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު 2021 ޑިސެމްބަރު 21 އިން ފެށިގެން 2021 ޑިސެމްބަރު 23 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

މި ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ވޯޓު ލެވޭނީ ޑިސެމްބަރު 20 އާ ހަމައަށް ދެ ޕާޓީގައިވެސް ރަޖިސްޓްރީ ވެފައިވާ މެމްބަރުންނަށް ކަމަށް ޕީޕީއެމުން މައުލޫމާތުދެއެވެ.