މިއަހަރު މިހާތަނަށް އެންމެ ގިނަ ކައިވެނި ކައިވެނި ކުރާ ދުވަހަކަށް މިއަދު ވެއްޖެއެވެ.
މިކަން ހާމަކޮށް ފެމިލީ ކޯޓުން ބުނެފައިވަނީ މިއަދު (21-12-2021) ގައި ފެމިލީ ކޯޓުން 57 ކާވެނި ޢަޤުދުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން ކޯޓުގައި 28 ކާވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައި 29 ކާވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި މިއީ މިއަހަރު މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ކައިވެނި ޢަޤުދު ކޮށްދެވުނު ދުވަސް ކަމަށްވެސް ފެމިލީ ކޯޓުން ބުނެފައިވެއެވެ.
ކޮންމެ އަހަރަކުވެސް ރީތި ތާރީޚު ތަކުގައި ގިނަ ކައިވެނިތަކެއް ކުރެވެއެވެ.