މިދުވަސްވަރު ރާއްޖެ ސަރަހައްދުގެ ޖައްވު ނުސާފުކޮށް ފެންނަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުން މިދުވަސްވަރު ދާއިރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ރާއްޖެއާ ހަމަޔަށް ފޯރާތީ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް)އިން ބުނެފިއެވެ.
މެތް އޮފީހުން ބުނެފައިވަނީ މިކަމުގެ ސަބަބުން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަގައްދުތަކުގައި ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވާނެކަމަށެވެ.
އެގޮތުން އާއްމުކޮށް މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެއް އިތުުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 – 5 ކިލޯމީޓަރަށް ދަށްވެފައިވާކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މިކަން ބޮޑަށް ފާހަގަކުރެވޭނީ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މިހިރަފުހުގެ ސަބަބުން، ހާއްސަކޮށް، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތް ކަމަށާއި، އަދި މިދުވަސްވަރު ވާރޭފެން ރައްކކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.