Last Updated: August 21, 22:37
Thursday, August 21, 2025
ޚަބަރު

ކޯޓަށް ހާޒިރުކުރުމަށް ޖާބިރު ހައްޔަރުކޮށްފި

ޖާބިރު ބޮޑުމޮހޮރާގައި އިންނަވައިގެން މަޖިލިސް ޖަލްސާގައި ބައިވެރިވަނީ: ފޮޓޯ / ޖާބިރު ޓްވީޓާ

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދޭން ފުލުހުންގެ މައްޗަށް ނެރުނު އަމުރާ ގުޅިގެން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންދިޔައީ ގދ. ތިނަދޫން ގައި ހުންނަވަނިކޮށެވެ.

އެ ރަށުން މާލެެ އަށް ގެނެސް، ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.

ޖާބިރުގެ ޔޮޓް ޓުއާޒް މޯލްޑިވްސް މައްޗަށް ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންކުރާ ދައުވާއެއްގައި މިއަދު ސިވިލް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.