Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޖާބިރު ދޫކޮށްލައިފި

އަބްދުﷲ ޖާބިރު - މަޖިލިސް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދޭން ނެރުނު އަމުރާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ކާށިދޫ ދާއިރާގެ މެމްމަބަރު އަބްދުﷲ ޖާބިރު ދޫކޮށްލައިފިއެވެ.

ޖާބިރު ހައްޔަރު ކުރީ ސިވިލް ކޯޓަށް ހާޒިރު ކުރަން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ކޯޓަށް ހާޒިރު ކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް ދޫކޮށްލުމުގައި ކޮށްފައިވާ ޝަރުތުތަކެއް ސާފެއް ނުވެއެވެ.

މިފަހުން ސިވިލް ކޯޓުން ޖާބިރުގެ ޕާސްޕޯޓް ހިފެހައްޓާފައިވެސްވެއެވެ. އެހެންނަމަވެސް ފަހުން އޭނާގެ ޕާސްޕޯޓް ދޫކޮށްފައިވެއެވެ.