Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

100 ކިލޯ ޑްރަގް މައްސަލަ: ދެ ބިދޭސީންގެ ބަންދަށް އިތުރު 30 ދުވަސް

100 ކިލޯ ޑްރަގް މައްސަލައިގައި މިވަގުތު ބަންދުގައި ތިބި ދެ ބިދޭސީންގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.

އެ ދެމީހުންގެ ބަންދު މުއްދަތު ޖެހުމަށް އިއްޔަ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އެ ދެމީހުންގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

މި މައްސަލައިގައި ޕީޖީން ވަނީ ދެ ބިދޭސީން ހިމެނޭހެން ނުވަ މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ. އެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ 8 މީހުން

1. ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު
2. ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ޙަބީބު
3. ކ. މާފުށި، ސްވީޓްމީޑް، އަޙްމަދު މާހިރު
4. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން
5. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ
6. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު
7. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް
8. ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން

ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ

1. ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުޙަތު އިބްރާހީމް
2. މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަޙްމަދު ސިރުޙާން ޝަމީމް
3. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ
4. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު
5. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް

ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ

1. ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން

އޮކްޓޫބަރު 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރު ކުރިއެވެ. މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުނެފައިވެއެވެ.