ގދ. ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 38،414،550.52 ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިމަސައްކަތުގެ ދަށުން ބަނދަތުރު ފުން ކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައި ފުން ކުރުމާއި، 232 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 35 މީޓަރ ރިވެޓްމެންޓް ޖެހުމާއި، ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 320 މީޓަރ އެއްގަމު ތޮށި ޖެހުމާއި، 25 މޫރިންގ ބައި ހަރުކުރުމުގެ އިތުރުން އެއް ކޮންކްރީޓް ބްރިޖް، 16 މަގު ބައްތި ހަރުކުރުން އަދި 1600 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.